ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އަށް އަލަށް ގުޅުނު ދަރިވަރުންނަށް ނަޒާހަތްތެރިކަން އިސްކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
8 ސެޝަން އަށް ބަހައިލައިގެން، 3 ދުވަހުގެ މުއްދަތަށް ހިންގުނު މި ޕްރޮގްރާމް ކުރިޔަށް ގެންދެވުނީ 6 މާރިޗު 2017 އިން 8 މާރިޗު 2017 އަށް މަޖީދިއްޔާ ސްކޫލް ހޯލްގައެވެ. މި ސެޝަންތަކުގައި ސީ. އެޗް. އެސް. އީގެ ޖުމްލަ 396 ދަރިވަރުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މާނައާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ.
މާލޭގެ ސްކޫލް ދަރިވަރުންނަށް މިއަހަރު މިހާތަނަށް ހިންގުނު ހޭލުންތެރިކުރުމުގެ ސެޝަންތަކުގައި 582 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެހެން ސްކޫލްތަކުގައިވެސް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ސީއެޗްއެސްއީ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
09 Mar 2017