އޭ.ސީ.ސީ ގައި ވަޒީފާ އަދާކުރާ މާބަނޑު އަންހެނުންނަށް ޗުއްޓީދީފި

16 Mar 2017

މިހާރު ރާއްޖޭގައި ފެތުރަމުން އަންނަ އިންފްލުއެންޒާ ހުމާއި ރޯގާއާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގައި ވަޒީފާ އަދާކުރާ މާބަނޑު އަންހެނުންނަށް ޗުއްޓީދޭގޮތައް ކޮމިޝަނުން ނިއްމައިފިއެވެ.

މިގޮތުން ދީފައިވާ ޗުއްޓީއަކީ އެމުވައްޒަފުންގެ ސަލާމާއި ޗުއްޓީން އުނި ނުވާގޮތަށް އަދި މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ދީފައިވާ ޗުއްޓީއެކެވެ. މި ޗުއްޓީ ދޭގޮތަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާމުވައްޒަފުންނަށް މިމަހުގެ 19 އިން 23 ގެ ނިޔަލަށެވެ. އަދި ރޯގާގެ ހާލާތު ދިރާސާކުރުމަށްފަހު، އެމުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މުއްދަތު އިތުރުކޮށްދޭގޮތައްވެސް ކޮމިޝަނުންވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×