އޭ.ސީ.ސީގެ މުވައްޒަފުންނަށާއި އާއިލާތަކަށް އިންފްލުއެންޒާ ވެކްސިން ދީފި

02 Apr 2017

ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށާއި މުވައްޒަފުންގެ އާއިލާތަކަށް އިންފްލުއެންޒާ ވެކްސިން ދީފިއެވެ.

30 އޭޕްރިލް 2017 ވީ ބުރާސްފަތި ދުވަހު އެންޓ-ކޮރަޕްޝަން ކޮމިޝަންގެ އޮފީހުގައި ބޭއްވި މިއިވެންޓް އިންތިޒާމްކޮށްދެއްވީ އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ކޮމިޝަންގެ 76 މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުންނަށް ޖުމުލަ 400 ވެކްސިން ދެވިފާވެއެވެ.

އިންފްލުއެންޒާ ވެކްސިން ދިނުމަށް ކޮމިޝަނުން ހަމަޖެއްސެވީ ކޮމިޝަންގެ މަސައްކަތްތައް ބައްޓަންކުރެވިފައިވާގޮތުން، ދަޢުލަތުގެ އެކި އިދާރާތަކަށާއި، އާންމު ތަންތަނަށް މުވައްޒަފުން ކޮންމެ ދުވަހަކު ދާންޖެހޭތީއާއި، މިކޮމިޝަނުން ހިންގާ ތަޙުޤީގުތަކާއި އެކިއެކި ޕްރޮގްރާމްތަކާއި ގުޅިގެން އަތޮޅު ތެރޭގެ އެކިއެކި ރަށްރަށަށް ދަތުރުކުރަންޖެހޭތީ މިފަދަ ނުރައްކާތެރި ރޯގާއިން ދުރާލާ ރައްކާތެރިވުމަށްޓަކައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×