އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި، ސެޓްފިކެޓް ހަވާލުކޮށްފި

06 Apr 2017

2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި، ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު 5 މާރިޗު 2017 ގައި ބާއްވައިފިއެވެ.
އެންމެ ގިނަ ލައިކްސް އަދި ޝެއާ ހޯދާ ފޮޓޯ ހުށަހެޅި ފަރާތަކަށް ހޮވިފައިވަނީ އަފްތީމް އިބްރާހީމްއެވެ. އަދި އެންމެ ގިނަ މީހުން ބައިވެރިވެފައިވާ ފޮޓޯ ހުށަހެޅި ފަރާތަކަށް ހޮވިފައިވަނީ އިބްރާހީމް ނަސީމްއެވެ. ވަނަތައް ހާސިލުކުރި ދެ ފަރާތަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު މި މުބާރާތުގެ ތީމްގެ ގޮތުގައި ހަމަޖައްސައިފައިވަނީ “މަވެސް ކޮރަޕްޝަނާ ދެކޮޅު”، “އަހަންނަކީ ނަޒާހަތްތެރިއެއް”، އަދި”ކޮރަޕްޝަނަށް ނޫނެކޭ ބުނަމާ” އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×