އޯޓިޒަމް ދުވަހުގެ ހިނގާލުމުގައި އެސީސީއިން ބައިވެރިވެއްޖެ

17 Apr 2017

ދުނިޔޭގެ އޯޓިޒަމް ކުދިންގެ ދުވަހުގެ މުނާސަބާގައި އެޕްރީލް މަހު 13 ވަނަ ދުވަހު، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ވޯކް ފޯރ އޯޓިޒަމް” ހިނގާލުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.

ބައެއް ސުކޫލްތަކާއި އޮފިސްތަކުން ބައިވެރިވި މި ހިނގާލުމުގައި އެސީސީގެ ފަންސާހަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

“އޯޓިޒަމް ސްކޫލްގެ ކުދިންނަށްޓަކައި 1 ރުފިޔާ” މި ޝިޢާރުގެ ދަށުން އޭސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ މި ފަންޑަށް ފައިސާ ހަދިޔާ ކޮށްފެއެވެ. މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިޔަ “އޯޓިޒަމް ޗެރިޓީ ރަން” ގައި ވެސް އެސީސީގެ ބައެއް މުވައްޒަފުންވަނީ ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×