މާލިއްޔަތު ގަވާއިދަށް އޭ.ސީ.ސީ ގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

17 Apr 2017

މި އަހަރު އަލަށް ޢަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު (16 އޭޕްރީލް 2017) ގައި ފަށައިފިއެވެ.

ދެ ބުރަކަށް ބަހާލައިގެން އޭސީސީގެ ކަމާބެހޭ ހުރިހާ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ފައްޓަވާދެއްވީ ކޮމިޝަންގެ ނައިބްރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ. ނައިބްރައީސްގެ ވާހަކަ ފުޅުގައި މާލިއްޔަތު ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މުހިންމު ކަމާބެހޭގޮތުން ވާހަކަ ފުޅުދެއްކެވިއެވެ.

މާލިއްޔަތު ގަވާއިދަށް އަލަށް ގެނެސްފައިވާ ބަދަލުތަކާބެހޭގޮތުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ސެޝަންތައް ނަންގަވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×