ސަތުރު ކޮރެއާގެ ސޯލް އަދި ސެޖޮންގގައި ކުރިއަށްދާ “އޭސީއާރސީ ޓްރެއިނިންގ ފޯރ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްރެކްޓިޝަނާސް”ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރިސަރޗް އޮފިސަރ، އަލްފާޟިލާ ނާސިރާ އިޤްބާލްއެވެ.
މި މަހުގެ 17 އިން 26 އަށް، ކޮރެއާގެ އެންޓި-ކޮރަޕްޝަން އެންޑް ސިވިލް ރައިޓްސް ކޮމިޝަން އިން ކުރިއަށްގެންދާ މި ޓްރެއިނިންގގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒީ ނިޒާމު ވަރުގަދަ ކުރުމެވެ. މި ޕްރޮގްރާމުގެ ހުރިހާ ޚަރަދުތައް ހަމަޖައްސާދެއްވާފައިވަނީ ކޮރެއާ ސަރުކާރުގެ ފަރާތުންނެވެ.
2016 އަހަރީ ރިޕޯޓް
ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑް އާބެހޭ ޓްރޭނިންގ
މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން”