ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އޭސީސީއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި

08 May 2017

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާދެމެދުގައި ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ މަތިކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަމާ އެއްބާރުލުން ދީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ޤާއިމް ކުރެވުނު ފަހުމްނާމާއެކެވެ. މި ފަހުމްނާމާގެ ދަށުން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ ދެ މުއައްސަސާގުޅިގެން އިންތިޒާމުކުރުމެވެ. މި މަހުގެ 10 އިން 11 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ ތައްޔާރުތައް މިހާރު ދެމުއައްސަސާއިން ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ފެށިފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު (08 މޭ 2017) ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑިރެކްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×