އައިސީއޭސީ އިންޓަރނޭޝަނަލް ސެމިނަރ އޮން ފައިނޭންޝަލް އިންވެސްޓިގޭޝަން އަދި ޓްރޭނިންގ އެޓޭޗްމަންޓްގައި އޭސީސީއިން ބައިވެރިވެއްޖެ

09 May 2017

އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އިން ހޮންގ ކޮންގް ގައި 09 މޭ 2017 ން 12 މޭ 2017 އަށް ކުރިއަށްދާ އިންޓަރނޭޝަނަލް ސެމިނަރ އޮން ފައިނޭންޝަލް އިންވެސްޓިގޭޝަން އަދި ޓްރޭނިންގ އެޓޭޗްމަންޓްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ނާއިބްރައީސް އަލްއުސްތާޛް މުއަޢްވިޒް ރަޝީދެވެ.

ފައިނޭންޝިއަލް އިންވެސްޓިގޭޝަން އެންޑް އެސެޓް ރިކަވަރީއަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ މި ޓްރޭނިންގެ ތީމް އަކީ “ކަޓިން ދަ ފައިނޭންޝަލް ވެއިން އޮފް ދަ ކޮރަޕްޓް” އެވެ. މި ސެމިނަރގެ މައިގަނޑު މަޤުޞަދަކީ ފައިނޭންޝަލް އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރެއްވުމަށާއި އަދި އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

މި ސެމިނާގައި ދިވެހިރާއްޖެއިން އޭސީސީގެ އިތުރުން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×