ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ކޮރަޕްޝަން ހުއްޓުވުމަށް (ކޮރަޕްޝަން ޕްރިވެންޝަން) އޭސީސީއަށް ޤާނޫނުން ބާރު ލިބިދޭންޖެހޭކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.
އޭސީސީން މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު (10 މޭ 2017) ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ މަޝްވަރާ ސެޝަންތަކުގައި ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައެވެ. އޭސީސީން ހުށަހެޅި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގެ ކޮރަޕްޝަނުގެ ޙާލަތު ބަޔާންކުރުމާއި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަޢާރަފްކޮށްދިނުމާ އަދި ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ހިންގާ ޙަރަކާތްތައް ބަޔާންކޮށްދިނުމެވެ.
އޭސީސީގެ ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާތަކުގެ ޖަވާބުދާރީވުން ހަރުދަނާކޮށް، ދެފުށްފެންނަހެން ކަންކަންކުރުން އަދި މަޞްލަޙަތު ފުށުއަރާ ޙާލަތުގައި އެކަމަކުން ދުރުވާކަން ޔަޤީންކުރެވޭނެ އިތުރު ގޮތްތައް ހަދައި ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކުގެ އިފެކްޓިވްނަސް އިތުރުކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވ