ކޮރަޕްޝަނުގެ މައްސަލަތަކުގައި ދަޢުވާ އުފުލުމާއި، ކުށް ސާބިތުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ޕީޖީ އޮފީހުން ކަރުދާސް ހުށަހަޅުއްވައިފި

11 May 2017

ކޮރަޕްޝަނުގެ މައްސަލަތަކުގައި ދަޢުވާ އުފުލުމުގެ މަރުޙަލާގައްޔާއި، ކުށް ސާބިތުކުރުމުގެ މަރުޙަލާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަރުދާސް ހުށަހަޅުއްވައިފިއެވެ.

ޕީޖީ އޮފީހުން އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ހުށަހެޅުއްވުމަށް ހަމަޖެހުނު ކަރުދާހުގައި ކޮރަޕްޝަނުގެ މައްސަލަތަކުގައި ދަޢުވާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާބެހޭގޮތުން ތަފްސީލީ ގޮތެއްގައި ޕީޖީ އޮފީހުގެ ފަރާތުން ހުށަހެޅުއްވި ކަރުދާހުގައި ވަނީ ބައްލަވާލައްވާފައެވެ. ޕީޖީ އޮފީހުން ހުށަހެޅި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤުޞަދަކީ، ކޮރަޕްޝަނުގެ ކުށްކުށުގައި ދަޢުވާ އުފުލުމަށް ހުރަހަކަށްވާ ސަބަބުތައް ދެނެގަތުމާއި، އެފަދަ ކުށްކުށުގެ ދަޢުވާކުރެވޭ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، ދަޢުވާ އުފުލުން ލަސްވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ތަޙުޤީޤު ހަރުދަނާކުރުމަށްޓަކައި ތަޙުޤީޤުގެ އެކި މަރުޙަލާތަކުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެކަންކަން ފުރިހަމަކުރާނެ ގޮތްތައް ކަނޑައެޅުމާއި ދަޢުވާ އުފުލުމަށާއި ކުށް ސާބިތުކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމެވެ.

ޕީޖީ އޮފީހުގެ ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ދިނުން ތަޙުޤީޤު މަރުޙަލާގައި ލަސްވުމުން، ނުވަތަ އެޙައްޤުތައް ދިނުމުގެ ކުރިން މުއްތަހަމުގެ ކިބައިން ހޯދޭ ހެކި ޤަރީނާއަކީ އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ އިޖްރާއާތުގެ ތެރެއިން ހޯދޭ ހެކި ޤަރީނާކަމާމެދު ސުވާލު އުފެދޭތީ، އެހެކިތަކުގެ މައްޗަށް ބިނާކޮށް ދަޢުވާކުރުމަކީ ހުރަހަކަށްވާ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×