މަޢުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް އަދިވެސް މުޅިން ފިލައިގެން ނުދާކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު (10 މޭ 2017) ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ މަޝްވަރާ ސެޝަންތަކުގައި ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހެޅި ޕްރެސެންޓޭޝަނުގެ މައުޟޫޢަކީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މަޢުލޫމާތު ހާމަކުރުމުގެ މުހިންމުކަމާއި ކުރިމަތިވާ ގޮންޖެހުންތަކާއި ޙައްލުތަކުގެ މައްޗަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޚަބަރާއި މަޢުލޫމާތަކީ ކޮބައިކަމާއި، ޚަބަރާއި މަޢުލޫމާތު ތަފާތު ހާމަކޮށްދީ، ޞައްޙަ މަޢުލޫމާތު ހޯދުމާއި ލިބަގުތުމުގެ މުހިންމުކަމާއި، މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް އަށަގެންނެވުމުގައި ހުރި ގޮންޖެހުންތަކާއި އެކަމުގެ ޙައްލު ބަޔާންކޮށްފައިވެއެވެ.