ނަޒާހަތްތެރި ސިވިލްސަރވިސްއެއް ބިނާކުރުމާބެހޭ ކަރުދާހެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅުއްވައިފި

12 May 2017

މިހާރު ކުރިއަށްދާ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުމާބެހޭ ކަރުދާހެއް ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން މިއަދު ހުށަހަޅުއްވައިފިއެވެ. ސިވިސް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅުއްވި ކަރުދާހުގައި ކޮރަޕްޝަނުގެ ޢަމަލުތައް ތަޙުޤީޤުކުރެވި އަދަބު ނުދެވޭކަމަށާއި، އިންސާފުވެރި މުސާރައަކާއި އިނާޔަތެއް ނުދެވުމަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ފުރުޞަތެއްކަމުގައި ސިވިލް ސަރވިސް ކޮމިޝަނުންގެ ދިރާސާއަކުން ދައްކާކަމަށް، ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިގޮތަށް ވިދާޅުވެފައިވަނީ، ސިވިލް ސަރވިސްގެ 25 އިދާރާއެއްގެ 106 މުވައްޒަފުން ކިބައިން ސުވާލު ކަރުދާސް ފުރުވައިގެން ހޯދި މަޢުލާމާތުގެ ނަތީޖާއަށް ބިނާކޮށެވެ. ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ޙައްލުތައް ޢިލްމީ އަދި ތަންފީޒި ނަޒަރަކުން ދެނެގަތުމެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅުއްވި ކަރުދާހުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށް ކުރިއަށްގެންދިޔަ ސާވޭގެ ނަތީޖާ ދައްކާގޮތުން، ދިވެހި ސިވިލް ސަރވިސްގައި ކޮރަޕްޝަން އެކިގޮތްގޮތަށް ހިނގަމުންދާ ކަމަށާއި، އެގޮތުން، ޚިދުމަތަށް އެދި އަންނަ ފަރާތްތަކުން ރިޝްވަތު ހިފުމާއި، ދައުލަތުގެ ފައިސާގައި ޖެހުމާއި، ފަރުވާކުޑަކޮށް އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާއާއި، ޤާނޫނާއި ގަވާއިދުތައް އިސްލާހުކޮށް މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަންކަން ކުރުމުން ކޮރަޕްޝަނުގެ ޢަމަލުތައް ހިނގާފައިވާކަމަށް ފާހަގަކުރައްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×