ެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދެމެހެއްޓެނިވި ޚިދުމަތަކަށް ހަދާނެކަމަށާއި، ކުންފުނީގެ މުވައްޒަފުންނަކީ، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަމަށް އިސްކަންދޭބައެއްކަމަށް ހަދާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިގޮތަށް ވިދާޅުވެފައިވަނީ، “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ ތެރެއިން 11 މޭ 2017 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހުށަހެޅުއްވި ކަރުދާހުގައެވެ. ފެނަކަ ކޯޕަރޭޝަނުން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ ކޮރަޕްޝަނުން ދުރުހެލިވެގެންވާ ކުންފުންޏެއް ކަމާއި، އެކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަމަށް އިސްކަންދޭބައެއްކަން ޔަޤީންކޮއްދިނުމާއި، އެކަމަށް މީހުން ހޭލުންތެރިވެރި ވެފައިވާ މިންވަރު އަންގައިދިނުމާއި، އަދި ކުންފުންޏަށް ގަންނަ މުދާލާއި ޚިދުމަތް ހޯދުމަށް ކަނޑައަޅާފައިވާ ޕޮލިސީ އާއި މުދަލާއި ޚިދުމަތް ހޯދުމުގައިވެސް އަމަލުކުރަމުންދަނީ އެއުޞޫލުންކަން އަންގައި ދިނުމެވެ.
ފެނަކަ ކޯޕަރޭޝަނުން ހުށަހެޅުއްވި ކަރުދާހުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަނުގެ 5 އަހަރު ދުވަހުގެ ބިޒްނަސް ޕްލޭނެއް ތައްޔާރުކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ މާޒީގައި ކުންފުނި ހިންގަމުން ގޮސްފައިވަނީ ހަރުދަނާ އުޞޫލުތަކަކާއި، ވަކި އަމާޒެއް ނުވަތަ ދާންވީ މިސްރާބެއް ކަނޑައެޅި ބަޔާންކުރެވިފައިނެތި ކަމަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ ހަކަތައިގެ ސިޔާސަތު ތަންފީޒުކުރުމުގެ ފުރިހަމަ މާނައިގައި، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދެމެހެއްޓެނިވި ހިދުމަތަކަށް ހެދުމަށް ކުންފުނިން އަމާޒު ހިފާފައިވާކަމަށް ފާހަގަކުރެއްވިއެވެ.