އެކައުންޓިންގ އެންޑް ފައިނޭންސް ނޮލެޖް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމްއެއް ބާއްވައިފި

18 May 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ ތެރެއިން، އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައި ނުވާ މުވައްޒަފުން އެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގޮތުން، ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން، އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ޙާޞިލުކޮށްފައިވާ މުވައްޒަފުން މެދުވެރިކޮށް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

14 މޭ 2017 އިން 18 މޭ 2017 އަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި 23 އިންވެސްޓިގޭޓަރުން ތަމްރީން ކޮށްފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މަޤްސަދަކީ، އިންވެސްޓިގޭޓަރުންގެ ތެރެއިން އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައި ނުވާ މުވައްޒަފުންގެ އެކައުންޓިންގ އަދި ފައިނޭންސް ޢިލްމު މުއްސަދިކޮށް ތަޙްޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×