“ސިންގަޕޯރސް އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް” ޓްރެއިނިންގ ޕްރޮގްރާމްގައި އޭސީސީއިން ބައިވެރިވެއްޖެ

30 May 2017

ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން 29 މޭ 2017 ން 2 ޖޫން 2017 ށް ސިންގަޕޫރުގައި ކުރިއަށްދާ “ސިންގަޕޯރ އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް” ޓްރެއިނިންގ ޕްރޮގްރާމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ މެންބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަން ހުއްޓުވުމަށާއި އެންޓި-ކޮރަޕްޝަން ސްޓްރެޓަޖީ ތަންފީޒް ކުރުމަށް ސިންގަޕޫރުގައި ގެންގުޅޭ ފިލޯސޮފީތަކާއި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ތަޖްރިބާ ހިއްސާ ކުރުމެވެ. މިއީ ސިންގަޕޯރގެ ޓެކްނިކަލް ކޯޕަރޭޝަންގެ ޕްރޮގްރާމްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×