ޗައިނާގައި ކުރިއަށްދާ “2017 ވަރކްޝޮޕް ފޮރ މޯލްޑިވިއަން އެންޓި-ކޮރަޕްޝަން އޮފިޝަލްސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަފުދެއް ބައިވެރިވެއްޖެ

18 Jun 2017

 

ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ  “2017 ވަރކްޝޮޕް ފޮރ މޯލްޑިވިއަން އެންޓި-ކޮރަޕްޝަން އޮފިޝަލްސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަފުދެއް ބައިވެރިވއްޖެއެވެ. މި ވަފުދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 17 ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 3 ބައިވެރިން ހިމެނެއެވެ.

17 ޖޫން 2017 ގައި ފެށިގެން ކުރިއަށްދާ މި ވަރކްޝޮޕް 21 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެއެވެ. މި ވަރކްޝޮޕަކީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީއާހެކު، ޗައިނާ އެކަޑަމީ އޮފް ޑިސިޕްލިން އިންސްޕެކްޝަން އެންޑް ސުޕަވިޜަން (ސީ.އައި.ޑީ.އެސް) އިން އިންތިޒާމްކޮށްގެން ބާއްވާ ވަރކްޝޮޕެކެވެ.

މި ވަރކްޝޮޕް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛު މުޢައްވިޒް ރަޝީދު، ސީ.އައި.ޑީ.އެސްގެ ރައީސް މިސްޓަރ ޔަންގް ޒިއާޑޯ އާ ބައްދަލުކުރައްވައި، މި ވަރކްޝޮޕްގެ ނަތީޖާއާ ބެހޭގޮތުން މަޝްވަރާކުރައްވައި، އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި ރޮނގުންނާއި، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގައި ކުރާ މަސައްކަތުގައި ޗައިނާ ސަރުކާރުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ވަރކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަ ނުދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި، ވަޞީލަތްތަކާ ބެހޭ މަޢުލޫމާތާއި ތަޖްރިބާ ހޯދުމެވެ. މީގެ އިތުރުންވެސް މި ވަރކްޝޮޕްގައި ޗައިނާގެ ސަރުކާރުގެ އިދާރީ ހިންގުން ރޭވިފައިވާ ގޮތާއި، ޗައިނާގެ ޘަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ލިބިގެންދާނެއެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×