05 ވަނަ ވޯލްޑް ޖަސްޓިސް ފޯރަމްގައި އޭސީސީއިން ބައިވެރިވެއްޖެ

11 Jul 2017

05 ވަނަ ވޯލްޑް ޖަސްޓިސް ފޯރަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ފޯރަމް އަކީ 10 ޖުލައި 2017 އިން 13 ޖުލައި 2017 އަށް ނެދަލެންޑްސްގެ ދަ ހޭގް ގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.

މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ޤާނޫނުތައް ތަންފީޒުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރެއްވުމަށާއި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ އެކިއެކި ސިޔާސަތުތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށާއި އަދި އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް ހަމަހަމަ ކަމާއި އަމާން ކަމާއެކު ޤާނޫނީ ވާޖިބުތައް އަދާކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާމެދު ޚިޔާލު ބަދަލުކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×