“ރީޖަނަލް ވޯކްޝޮޕް އޮން ކޮރަޕްޝަން ރިސްކް މެނޭޖްމަންޓް އިން ޕްރޮކިއުމަންޓް”ގައި އޭސީސީއިން ބައިވެރިވެއްޖެ

12 Jul 2017

ސައުތު އަދި ސައުތުއީސްޓް އޭޝިއާއަށް އަމާޒްކޮށްގެން 12 ޖުލައި 2017 ން 14 ޖުލައި 2017 އަށް ތައިލޭންޑްގެ ބެންގކޮކްގައި ކުރިއަށްގެންދާ “ރީޖަނަލް ވޯކްޝޮޕް އޮން ކޮރަޕްޝަން ރިސްކް މެނޭޖްމަންޓް އިން ޕްރޮކިއުމަންޓް: އެކްސްޕީރިއެންސަސް އެންޑް ވޭ ފޯވަރޑް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ވޯކްސޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ޕްރޮކިއުމަންޓް އޮފިސަރ، އަލްފާޟިލް އިބްރާހިމް ރަފީޢުއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ސައުތު އަދި ސައުތުއީސްޓް އޭޝިއާގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީސްތާކާއި ގައުމީ އޮޑިޓް އޮފީސްތަކުގައި ޢަމަލުކުރާ ޕްރޮކިއުމަންޓް ސިސްޓަމްގެ ނަޒާހަތްތެރިކަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާކޮށް، މި ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމާއި މި ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ޚިޔާލު ބަދަލުކުރުމެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ)، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)، ރީޖަނަލް އޮފީސް ފޯ ސައުތުއީސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް އަދި ބެންގކޮކް ރީޖަނަލް ހަބް، ގުޅިގެން ކުރިއަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި އެސީސީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×