ބިތުފަންގި ރޭޑިއޯ ޕްރޮގްރާމްގެ 4 ވަނަ ސިލްސިލާ ފަށައިފި

18 Jul 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ “ބިތުފަނގި” ސިލްސިލާ 4، 17 ޖުލައި 2017 ގައި ފަށައިފިއެވެ. ރޭޑިއޯ އެޓޯލް (96.0) އާއި އެންޓި-ކޮރަޕްޝަން ގުޅިގެން ކުރިޔަށް ގެންދާ މި ސިލްސިލާގައި 13 އެޕިސޯޑު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. ތަފާތު 13 މައުޟޫޢެއްގެ މައްޗަށް އެކުލަވާލެވިފައިވާ މި ޕްރޮގްރާމްތައް ކުރިޔަށްދާއިރު އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް އިންތިޒާމް ކުރެވިފައިވެއެވެ. މައިގަނޑުގޮތެއްގައި މައުޟޫޢުތައް ބިނާކޮށްފައިވަނީ ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކޮރަޕްޝަނުގެ ޢަމަލުތަކުން ދައުލަތައް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވާނީ އޭސީސީގެ ސީނިއަރ މުވައްޒަފުންނާއި މައުޟޫޢާއި ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންންވެ.

ކޮންމެ ހަފުތާއަކު ހޯމަދުވަހުގެ ރޭ 9:00 ން 10:00 އަށް މި ޕްރޮގްރާމް ގެނެސްދޭއިރު، ރިޕީޓް ކޮންމެ ބުދަ ދުވަހެއްގެ މެންދުރުފަހު 2:00 ން 3:00 ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×