“ބިތުފަންގި” ބުލެޓިން ގެ 2017 ވަނަ އަހަރުގެ ފުރަތަމަ އަދަދު ނެރެފި

18 Jul 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް ޢާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރޭ “ބިތުފަންގި” ބުލެޓިންގެ ވޮލިޔުމް 2 ގެ 1 ވަނަ އަދަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ، ކޮމިޝަނުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވުނު ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން 17 ޖުލައި 2017 ވީ ހޯމަ ދުވަހު، ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބުލެޓިން ގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރ އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ.

މި ބުލެޓިންގައި، ކޮމިޝަނުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތަކާއި، ނަޒާހަތްތެރި ފަރުދެއްގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓްގައި ޝާޢިއުކުރެވިފައި ވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×