އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން އޮރގަނައިޒޭޝަނަލް ޑިވަލޮޕްމަންޓް ޓްރެއިނިންގ ސެޝަންއެއް، މިއަދު (16 އޮގަސްޓް 2017) އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.
ކޮމިޝަންގެ 30 މުވައްޒަފުން ބައިވެރިވި މި ޓްރޭނިންގ ސެޝަން ކުރިއަށްގެންގޮސްދެއްވީ ރާއްޖެ ވަޑައިގެން އުޅުއްވާ، ޔުނިވަރސިޓީ އޮފް ސައުތްހެމްޓަންގެ ވިޒިޓިން ޕްރޮފެސަރއެއް ކަމުގައިވާ ސްރީ ކަންޑިއާއެވެ.
މި ޓްރެއިނިންގ ސެޝަންގައި އޯގަނައިޒޭޝަން ޑިވެލޮޕްމެންޓަކީ ކޮބައިކަމާ އަދި ޕަރސަނަލް ސްކިލް ޑިވެލޮޕް ކުރާނެ ގޮތުގެ މައްޗަށް ޕްރޮފެސަރ ސްރީ ކަންޑިއާ ވަރަށް ބޮޑަށް އަލިއަޅުވާލެއްވިއެވެ.