އޭސީސީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް ޢާއްމުކޮށްފި

20 Jul 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2016 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓްކުރެއްވުމަށް ފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޕޯޓު ޢާއްމުކުރައްވައިފިއެވެ. 2016 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓްކުރެއްވުމަށް ފަހު ނެރުއްވާފައިވާ ރިޕޯޓުގައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން 2016 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ، ތެދުވެރިކަމާއެކު ޙަޤީޤަތާ އެއްގޮތަށް “އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑް (އިޕްސަސް)ގެ ފައިނޭންޝިއަލް ރިޕޯރޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ” އާ އެއްގޮތަށް ކަމުގައެވެ.

މި އޮޑިޓް ރިޕޯރޓްގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރެވިފައިވާ މިންވަރާމެދު އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ 2016 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަޤްޞަދުތައް ޙާޞިލްވާ ގޮތަށް، އެބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ޚަރަދުތައް ކޮށްފައިވާކަމުގައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެހެނިހެން މާލީ ކަންކަން، މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީވެސް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތައް ކަމުގައި އޮޑިޓަރުންނަށް ފާހަގަ ކުރެވިފައިވާކަމަށެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×