ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް އޭސީސީއިން ސެޝަނެއް ކުރިޔަށް ގެންގޮސްފި

24 Aug 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އިންސްޓިޓިއުޓް އޮފް ކޯރޕަރޭޓް ޑިރެކްޓަރސް އެންޑް ސެކެރެޓްރީސް (އައިސީޑީއެސް) އާއި ވުމަން އޮން ބޯރޑްސް (ޑަބްލިޔުއޯބީ) ގުޅިގެން ކުރިއަށްގެންދާ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމްގައިޓްރޭނިންގ ސެޝަނެއް ނަގައިދީފިއެވެ. 21 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ސެޝަން ބާއްވާފައިވަނީ 23 އޮގަސްޓް 2017ގައި ސްޓެލްކޯ ޓްރެއިނިންގ ރޫމްގައެވެ.

ކުންފުނިތަކާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނަށް ޢަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި އޭސީސީގެ ސެޝަންގައި ނަޒާހަތްތެރިކަން، ކޮރަޕްޝަން އަދި ޕްރޮކިއުމެންޓް ބެސްޓް ޕްރެކްޓިސްތަކަށް އަލިއަޅުވައިލެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×