2017 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގެ “ބިތުފަންގި” ބުލެޓިން ނެރެފި

17 Sep 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރޭ “ބިތުފަންގި” ބުލެޓިންގެ ވޮލިޔުމް 2 ގެ 2 ވަނަ އަދަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ، ކޮމިޝަނުން ކަސްޓަމްސް ދާއިރާއަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ދިރާސާ އާންމުކުރުމަށް 17 ސެޕްޓެމްބަރު 2017 ވީ އާދީއްތަ ދުވަހު، ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ބުލެޓިންގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރ އަލްފާޟިލާ އާމިނަތު މިންނާއެވެ.

މި ބުލެޓިންގައި، ކޮމިޝަނުން މިއަހަރުގެ ދެވަނަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، މިއަހަރުގެ ދެވަނަ ކުއާޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތައް ހިމަނާފައިވެއެވެ. މި ބުލެޓިން މިހާރުވަނީ ކޮމިޝަންގެ ވެބްސައިޓްގައި ޝާޢިއުކުރެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×