އޭސީސީގެ މުވައްޒަފުންނަށް އިންޑިޔާގެ ސީބީއައި ގައި ޓްރޭނިންގ ޕްރޮގްރާމެއް ހިންގަނީ

24 Sep 2017

އިންޑިއާގެ ޣާޒީއާބާދުގައި ހުންނަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިންގައި ޕްރޮގްރާމުގައި ބައިވެރިވުމަށް ކޮމިޝަނުގެ 10 އިންވެސްޓިގޭޝަން އޮފިސަރުން މިއަދު ހެދުނު އިންޑިއާ އަށް ފުރައިފިއެވެ.
މިމަހުގެ 25 އިން 29 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއާ ގުޅިގެން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގައި ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކުރުމުގައި ގެންގުޅޭ އުކުޅުތައް ދަސްކޮށް އެކަންކަމަށް އަހުލުވެރިވެ ޢަމަލީ ތަޖްރިބާ ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×