މި އަހަރުވެސް އެންމެ ރަނގަޅު ވެބްސައިޓް އެވޯޑު އޭސީސީއަށް

01 Oct 2017

މަޢުލޫމާތު ހާމަކުރުމުގައި 1ވަނަ ދަރަޖައިގެ ވެބްސައިޓުގެ މަޤާމު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެއެވެ. މި މަޤާމު އޭސީސީއަށް ލިބިފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 28 ސެޕްޓެންބަރު 2017 ވީ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ޚާއްޞަ ޙަފުލާގައެވެ. މި ޙަފުލާގައި އޭސީސީގެ ފަރާތުން 1ވަނަ ދަރަޖައިގެ ވެބްސައިޓަށްދޭ ސަނަދާ ޙަވާލުވެވަޑައިގަތީ އޭސީސީގެ ނާއިބުރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު އެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ވެބްސައިޓު ދަރަޖަކުރުމުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރާއި، އަމިއްލަ އިސްނެގުމަށް މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރާއި، އެ އިދާރާގެ ވެބްސައިޓުގައި މަޢުލޫމާތު އާންމުކުރުމަށް އިސްކަންދީފައިވާ މިންވަރަށް ބަލާފައިވެއެވެ.

މަޢުލޫމާތު ހާމަކުރުމުގައި 1ވަނަ ދަރަޖައިގެ ވެބްސައިޓުގެ ގޮތުގައި 2016 ވަނަ އަހަރުވެސް ލިބިފައިވާ އޭސީސީއަށް ކަމަށްވާއިރު، އޭސީސީގެ ވެބްސައިޓުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ މިންގަނޑުގައި ބަޔާންކޮށްފައިވާ ހުރިހާ މަޢުލޫމާތެއް ވަނީ ހިމަނާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×