މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި، އެންމެ ރަނގަޅު ވެބްސައިޓު އެވޯޑު ލިބުން އޭސީސީން ފާހަގަކޮށްފި

01 Oct 2017

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހޮވާ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑާއި، އެންމެ ރަނގަޅު ވެބްސައިޓު އެވޯޑު އޭސީސީއަށް ލިބުމާގުޅިގެން އެކަން ފާހަގަ ކުރުމަށް ޚާއްޞަ ހަފްލާއެއް އޭސީސީގައި ބާއްވައިފިއެވެ. މި ހަފްލާ ބޭއްވީ، 01 އޮކްޓޫބަރު 2017 ވީ ހޯމަ ދުވަހު ހެނދުނު 10:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތު އެވެ.

މި ހަފްލާގައި މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ރަނގަޅު ވެބްސައިޓަކަށް އޭސީސީގެ ވެބްސައިޓް ހޮވުމާގުޅިގެން އެމަސައްކަތް ކުރިއަށްދިޔަ ގޮތާބެހޭގޮތުން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލް ޙަސަން މަނިކު ވާހަކަ ދެއްކެވިއެވެ. މި ހަފްލާގައި ކޮމިޝަނުގެ ފަރާތުން ނާއިބްރައީސް މުޢައްވިޒު ރަޝީދު ވާހަކަ ފުޅުދެއްކެވިއެވެ. މުނާސަބަތު ފާހަގަ ކުރުމަށް ތައްޔާރު ކޮށްފައިވާ ކޭކު ފަޅައިދެއްވީ ޝަރަފުވެރި މެހެމާން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އާއި ކޮމިޝަނުގެ މެމްބަރުން އަދި ސެކްރެޓަރީ ޖެނެރަލްއެވެ. މި ހަފްލާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެރިންގެ އިތުރުން އޭސީސީގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×