ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން، މުޅި މުބާރާތުން 3 ވަނަ އެސީސީގެ މުވައްޒަފަކަށް

09 Oct 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން 3 ވަނަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެސީސީ) ގެ ޕްރޮކިއުމަންޓް އޮފިސަރ، އަލްފާޟިލް އިބްރާހީމް ރަފީޢުއަށް ލިބިއްޖެއެވެ. މީގެއިތުރުން، ފޮތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 20 ފޮތުން ކިޔެވުމުގެ ގޮފިން 1 ވަނަ ޙާޞިލްކޮށްފައިވަނީ ވެސް އިބްރާހީމް ރަފީޢު އެވެ.

އިބްރާހީމް ރަފީޢުއަށް މި އިނާމު ލިބިފައިވަނީ 05 އޮކްޓޯބަރ 2017 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި މުބާރާތަކީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށާއި، ކުންފުނިތަކާއި، ކްލަބްތަކާއި ޖަމާޢަތްތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ މުބާރާތަކަށްވާއިރު، އިބްރާހީމް ރަފީޢު ބައިވެރިވެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބް (އޭސީސީއާރުސީ) ގެ ފަރާތުންނެވެ. މި މުބާރާތުގައި ޖުމްލަ 5 ބައިވެރިން އޭސީސީއާރުސީގެ ފަރާތުން ބައިވެރިވެފައިވެއެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ނިންމާ އިބްރާހިމް ރަފީޢު އޮފީހަށް ވަޑައިގަތުމާއެކު، އޭނާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭސީސީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ވަނީ އޭނާއަށް ރަތް ދޫލައިގެ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×