އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤު ކުރާ މުވައްޒަފުންނާއި އަދި ކަމާ ގުޅުންހުރި އެހެން މުވައްޒަފުން، ބިމާބެހޭ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން، ވާކްޝޮޕެއް 21 އޮކްޓޫބަރު 2017 ވީ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.
މި ވާކްޝޮޕްގެ މަޤްސަދަކީ، ކޮމިޝަނުގެ އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ކަމާ ގުޅުންހުރި އެހެން މުވައްޒަފުން ބިމާބެހޭ ޤާނޫނާއި އެ ޤާނޫނަށް އަހުލުވެރިކުރުމާއި ބިމާބެހޭ ގަވާއިދުތަކާއި ރާއްޖޭގައި ބިމާބެހޭ ކަންކަމުގައި ޢަމަލުކުރެވޭ ގޮތްތަކާއި އުސޫލުތަކަށް އަހުލުވެރި ކުރުމެވެ. މި ވާކްޝޮޕް ކުރިއަށް ގެންގޮސްދެއްވީ ސިވިލް ކޯޓްގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.
ހަތަރު ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަންގެ 56 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
2016 އަހަރީ ރިޕޯޓް
ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑް އާބެހޭ ޓްރޭނިންގ
މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން”