ޕްރޮކިއުމަންޓް ފްރޯޑާބެހޭ ޓްރޭނިންގ ޕްރޮގްރާމެއްގައި އޭސީސީއިން ބައިވެރިވެއްޖެ

09 Nov 2017

މި ނޮވެންބަރު މަހުގެ 07 އިން 09 އަށް ސިންގަޕޫރުގައި ކުރިޔަށްދާ ޕްރޮކިއުމަންޓް ފްރޯޑް މެނޭޖްމަންޓް ޓްރެއިނިންގ ޕްރޮގްރާމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ، އަލްފާޟިލް މުޙައްމަދު އަޙްސަން ޢަބްދުﷲ އެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ޕްރޮކިއުމަންޓްގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ ތަޙްޤީޤު ކުރާނެ ގޮތްތަކާއި  ޕްރޮކިއުމަންޓް ސިސްޓަމްގެ ނަޒާހަތްތެރިކަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް، މި ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޢުލޫމާތު ދެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×