އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި ޕައިލެޓް ސަރވޭއެއް ކުރިޔަށް ގެންގޮސްފި

14 Nov 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން އިސްނަގައިގެން ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އިޖްތިމާޢީ އޮޑިޓްގެ ޕައިލެޓް ސާރވޭ ކުރިއަށް ގެންގޮސްފިއެވެ. މި ސަރވޭ ކުރިޔަށް ގެންގޮސްފައިވަނީ 14 ނޮވެންބަރު 2017 ގައި ފުވައްމުލަކު ސިޓީގައެވެ.

އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމުގެ ދަށުން ކުރިޔަށްގެންދިޔަ ޕައިލެޓް ސަރވޭ ކުރިއަށް ގެންދިޔައީ ފުވައްމުލަކުގައި ކުރިއަށްގެންދާ ފުވައްމުލަކު ކުޅި ތަރައްޤީ ކުރުމުގެ މަޝްރޫޢަށް އަމާޒުކޮށްގެންނެވެ. މި ސަރވޭ ކުރިއަށް ގެންދިއުމުގެ މަޤްޞަދަކި ފުވައްމުލަކުގެ ކުޅި ތަރައްޤީ ކުރުމުގެ މަޝްރޫޢާ ބެހޭގޮތުން ޢާންމުންގެ ޚިޔާލު ހޯދައި ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމެވެ. އަދި މިފަދަ ޕްރޮޖެކްޓުތައް ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ކުރިއަށް ގެންދިއުމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުމެވެ. މި ސަރވޭ ކުރިއަށް ގެންދެވިފައިވަނީ ޢާންމެ ރައްޔިތުންނާ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.

މި ސަރވޭ ކުރިޔަށް ގެންދިއުމުގައި ޙަރަކާތްތެރިވެފައިވަނީ އޭސީސީގެ މުވައްޒަފުންގެ އިތުރުން އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމަށް ޚާއްސަ ކުރެވިގެން ތަމްރީނުކުރެވުނު ފުވައްމުލަކު ޖަމުޢިއްޔާތަކުގެ މެމްބަރުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×