އައްޑޫ ސިޓީ ހިތަދޫގައި ނަޒާހަތްތެރި ހަވީރެއް ބާއްވައިފި

19 Nov 2017

އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނަޒާހަތްތެރި ހަވީރެއް ފާހަގަކޮށްފިއެވެ. މި ހަވީރު ބާއްވާފައިވަނީ 19 ނޮވެންބަރު 2017 ގައި ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ.

މިއީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޔޫއެންޑީޕީ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ “އިންޓެގްރިޓީ ފެސްޓިވަލް” ޕްރޮޖެކްޓްގެ ދަށުން ބޭއްވި ހަވީރެކެވެ. މި ހަވީރުގެ މަޤްޞަދަކީ، ކުޑަކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ބާރުއެޅުމާއި، މުޖުތަމަޢެއްގައި ކުޑަކުދިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ނަޒާހަތްތެރި ހަވީރުގައި، އޭސީސީގެ އިތުރުން، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސަސް، އެމް.އާރު.ޑީ.ސީ، ރެޑްކްރެސެންޓް، ދިރާގު، މީރާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އަދި އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އިން ބައިވެރިވެފައިވެއެވެ. މި ހަވީރުގައި ބައިވެރިވި މުއައްސަސާތަކުގެ ސްޓޯލްތަކުން ކުޑަކުދިންނާ ގުޅުންހުރި ތަފާތު ކުޅިވަރުތަކާއި ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު، މުއައްސަސާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ތަފާތު މަޢުލޫމާތުދެވިފައިވެއެވެ. އޭގެއިތުރުން، ނަޒާހަތްތެރިކަމާ ގުޅޭ ޚާއްޞަ ޑްރާމާއެއް ހުށަހަޅައިދީ، ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރުމުގެ ޙަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×