އިޖުތިމާޢީ އޮޑިޓާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

13 Nov 2017

އިޖުތިމާޢީ އޮޑިޓާ ގުޅޭގޮތުން ފުވައްމުލަކު ސިޓީގެ ޖަމުޢިއްޔާތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 13 ނޮވެންބަރު 2017 ގައި ފުވައްމުލަކު ސިޓީގައެވެ.

އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކާއި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަށްތޯ ބަލައި މިފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ދަޢުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

އިޖުތިމާޢީ އޮޑިޓާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި، އިޖުތިމާޢީ އޮޑިޓަކީ ކޮބައިކަމާއި، އިޖުތިމާޢީ އޮޑިޓް ހިންގާނެ ގޮތާއި، އެހެން ޤައުމުތަކުގައި ކާމިޔާބުކާމާއެކު ހިންގާފައިވާ އިޖުތިމާޢީ އޮޑިޓުތަކުގެ މަޢުލޫމާތު ދީ، އިޖުތިމާޢީ އޮޑިޓުގެ މައިގަނޑު އަސާސްތަކާއި، އެފަދަ އޮޑިޓެއްގައި މުޖުތަމަޢުގެ ދައުރު އަދި މުޖުތަމަޢަށް ކުރާނެ ފައިދާ ގެ މަޢުލޫމާތު ދެވުނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ސެޝަންގައި ފުވައްމުލަކު ސިޓީގައި ޙަރަކާތްތެރިވާ ޖަމުޢިއްޔާތަކުން 19 ބައިވެރިއަކު ބައިވެރިފައިވާއިރު، މި ޕްރޮގްރާމް ހުށަހަޅާދީފައިވަނީ އޭސީސީގެ އެސިސްޓެންޓް ރިސަރޗް އޮފިސަރ ފާޠިމަތު ޝާއިނާއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×