އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

14 Nov 2017

އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 14 ނޮވެންބަރު 2017 ގައި ފުވައްމުލަކު ސިޓީގައެވެ.

އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކާއި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަށްތޯ ބަލައި މިފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ދަޢުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ހޭލުންތެރިކުރުމުގެ ސެޝަނުގައި އިޖްތިމާޢީ ގޮތުން ޖަވާބުދާރީވުމާއި އިޖްތިމާޢީ އޮޑިޓް އަދި ހެޔޮވެރިކަމަކަށް މަޢުލޫމާތު ހާމަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ސެޝަންގައި ފުވައްމުލަކު ސިޓީގެ ދައުލަތުގެ އިދާރާތަކުން 23 މުވައްޒަފެއް ބައިވެރިފައިވާއިރު، މި ޕްރޮގްރާމް ހުށަހަޅާދީފައިވަނީ އޭސީސީގެ ރިސަރޗް އޮފިސަރ ނާޞިރާ އިޤުބާލު އަދި އެސިސްޓެންޓް ޑިރެކްޓަރ ޙަސަން މަނިކު އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×