އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގެ ކުޅި ތަރައްޤީކުރުމުގެ މަޝްރޫޢުގެ އޮޑިޓެއް ފަށައިފި

15 Nov 2017

އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި ހިނގަމުންދާ މަޝްރޫޢެއް ކަމަށްވާ ސިވިލް ވަރކްސް އޮފް އިކޯ ޓޫރިޒަމް ފެސިލިޓީސް (ފުވައްމުލަކުގެ ކުޅި ތަރައްޤީކުރުމުގެ މަޝްރޫޢު) ގެ އިޖުތިމާޢީ އޮޑިޓެއް ފަށައިފިއެވެ. މި އޮޑިޓް ފަށާފައިވަނީ 15 ނޮވެންބަރު 2017 ގައެވެ.

މި އޮޑިޓްގައި ޙަރަކާތްތެރިވެފައިވަނީ، އޭސީސީގެ މުވައްޒަފުންގެ އިތުރުން އިޖުތިމާޢީ އޮޑިޓަށް ޚާއްޞަކޮށްގެން ތަމްރީނުކުރި ފުވައްމުލަކު ސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނެވެ. މި އޮޑިޓް ފެށުމުގެ ކުރިން ފުވައްމުލަކު ކުޅި ތަރައްޤީކުރުމުގެ މަޝްރޫޢާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ ޚިޔާލާއި، މަޝްރޫޢާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމުގެ އިތުރުން މަޝްރޫޢު ކުރިޔަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ހޯދުނެވެ.

ހަމައެއާއެކު، މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބެލުމަށްޓަކައި މަޝްރޫޢު ކުރިއަށްދާ ސައިޓަށް ޒިޔާރަތްކޮށް މަޝްރޫއާ ބެހޭގޮތުން މަޢުލޫމާތު ހޯދުނެވެ. މިއީ، އިޖުތިމާޢީ އޮޑިޓްގެ މަސައްކަތަށް ރައްޔިތުން އަހުލުވެރިކުރުމަށް ކުރިއަށްގެންދެވޭ ފުރަތަމަ އޮޑިޓެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×