އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

22 Nov 2017

އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 22 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މިއީ، ޔޫއެންޑީޕީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ “އިންޓެގްރިޓީ ފެސްޓިވަލް” ޕްރޮޖެކްޓްގެ ދަށުން ބޭއްވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަޤްޞަދަކީ، ކޮރަޕްޝަން ދެކޮޅަށް މަސައްކަތްކުރުމުގައި އޭސީސީއާއި ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދައުރާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް އެކަންކަމަށް ޖަމުޢިއްޔާ ޖަމާޢަތްތައް ހޭލުންތެރިކުރުމެވެ.

މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން 07 ޖަމްޢިއްޔާ ޖަމާޢަތަކުންވަނީ ބައިވެރިވެފައެވެ. މި ސެޝަންތައް އޭސީސީގެ ފަރާތުން ނަންގަވައިދެއްވީ ކޮމިޝަންގެ ސީނިއަރ އެޑިޔުކޭޝަން އޮފިސަރ ފާޠިމަތު ޝެހެޒިނީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×