އައްޑޫ ސިޓީގައި ކުރިއަށްދާ އިންޓެގްރިޓީ ފެސްޓިވަލް ޕްރޮގްރާމްގެ ދަށުން ބިތުފަންގި ޝޯވ ކުރިއަށްގެންގޮސްފިއެވެ. މި ޝޯވ ކުރިއަށްގެންގޮސްފައިވަނީ 22 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީގެ މަރަދޫ ބޮނޑޮގޭ ގައެވެ.
ބިތުފަންގި ޝޯވ ގައި، ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އޭސީސީން ނެރެފައިވާ “ބިތުފަންގި 2” ޓީވީ ސީރީޒްގައި ހިމެނޭ 2 އެޕިސޯޑް ދައްކާފައިވެއެވެ. އަދި މިޝޯވ ބެލުމަށްޓަކައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވެފައިވެއެވެ.