ނަޒާހަތްތެރިކަމާއި ގުޅޭ ޕެނަލް-މަޝްވަރާއެއް ބާއްވައިފި

08 Dec 2017

މާލޭގެ، އިސްލާމީ މަރުކަޒު މައިޒާނުގައި، ބޮޑެތިމީހުންނަށް ޚާއްޞަކޮށްގެން ނަޒާހަތްތެރިކަމާއި ގުޅޭ ޕެނަލް-މަޝްވަރާއެއް ބާއްވައިފިއެވެ. މި މަޝްވަރާ ބާއްވާފައިވަނީ ޑިސެންބަރުމަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

މިއީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް (9 ޑިސެންބަރު) ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ޕެނަލް-މަޝްވަރާގެ މަޢުޟޫޢުއަކީ ‘ނަޒާހަތްތެރިކަމަށް އިސްލާމްދީން ގޮވާލައެވެ.’ މި ހަރަކާތުގެ މަޤްޞަދަކީ ބޮޑެތިމީހުންނަށް އަމާޒުކޮށްގެން ކަނޑައެޅިފައިވާ މަޢުޟޫޢުއާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުމެވެ. އަދި ދީނީ ނަޒަރަކުން ނަޒާހަތްތެރިކަމަށް އަލިއަޅުވާލާ، އެފަދަ މަޢުލޫމާތު ޕެނަލް-މަޝްވަރާއެއްގެ ތެރެއިން ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ.

އޭސީސީއިން މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު ‘ހުކުރު-އުފާ’ ގެނަމުގައި ބޮޑެތިމީހުންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިންނެވެ.

މި ޕެނަލް-މަޝްވަރާގައި މަޢުލޫމާތު ހިއްސާކޮށްދެއްވާފައިވަނީ އޭސީސީގެ ފަރާތުން އަލްއުސްތާޛް އާދަމް ޝާމިލް އާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން އައްޝައިޚް އިބްރާހީމް ޢަހުމަދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×