ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ‘ރޯޑް-ޝޯވ’ އެއް ބާއްވައިފި

09 Dec 2017

މާލޭގެ، ތިން ސަރަޙައްދެއްގައި ‘ރޯޑް-ޝޯވ’ އެއް ބާއްވައިފިއެވެ. މި ‘ރޯޑް-ޝޯވ’ ބާއްވާފައިވަނީ ޑިސެންބަރުމަހުގެ 9 ވަނަ ދުވަހުގެ ހަވީރު، އާޓިފިޝަލް-ބީޗް، ހެލިޕެޑް (އުސްފަސްގަނޑު) ސަރަޙައްދު، އަދި ރަސްފަންނުގައެވެ.

މިއީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް (9 ޑިސެންބަރު) ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ހަރަކާތުގެ މަޤްޞަދަކީ ކުޑަކުދީންނާއި އަދި ބޮޑެތިމީހުންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމާއި، އިތުރުކުރުމަށް ބާރުއެޅުމާއި، މުޖްތަމަޢުގައި ފަރުދުންގެ ގޮތުން އަމަލުތައް ބަހައްޓަންޖެހޭގޮތާ ގުޅޭގޮތުން ގިނަ ބަޔަކަށް އަމާޒުކޮށް މައުލޫމާތު ޙިއްސާ ކުރުމާއި، ކުޅިވަރުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭގެ މި ތިން ސަރަޙައްދުގައި ޑިސެންބަރު 9 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އޭސީސީގެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވެފައިވެއެވެ.

މި ‘ރޯޑް-ޝޯވ’ ގައި ޢާއްމު ފަރުދުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ޙަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×