އޭސީސީގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކޮށްފި

28 Dec 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރުމުގައި 2017 ވަނަ އަހަރު ކުރިމަތިވި ގޮންޖެހުންތަކާއި 2018 ވަނަ އަހަރު ކޮމިޝަންގެ އެކްޝަންޕްލޭން ތައްޔާރުކުރުމުގެ ކަންކަން ވިލަރެސް ކުރާނެ ގޮތްތަކާބެހޭގޮތުން ކޮމިޝަންގެ އިސްމުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަލުއިކޮށް ހަރުދަނާ ކުރުމުގައި އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންނާއި ކޮމިޝަންގެ ތަޙްޤީޤުތައް ހަލުއިކޮށް އިދާރީގޮތުން މަސައްކަތް ހަލުއި ކުރާނެ ގޮތްތަކާ ބެހޭގޮތުންނާއި ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒުކުރުމުގެ ގޮތުން 2018 ވަނަ އަހަރު ކުރިއަށް ގެންދާނެ ޙަރަކާތްތައް ކޮމިޝަންގެ މެމްބަރުންނާއި ސެކްޝަންތަކުގެ ވެރިންނާއި އިންވެސްޓިގޭޝަން ޓީމުތަކުގެ ލީޑަރުންގެ މެދުގައިވަނީ މަޝްވަރާކޮށްފައެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޙަރަކާތް ކުރިއަށް ގެންދެވުނީ ޑިސެމްބަރ މަހުގެ 27 އަދި 28 ވަނަ ދުވަހު ކޮމިޝަންގެ ކޮންފަރެންސް ހޯލުގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×