ޖެނެރަލް މެނޭޖްމަންޓް ޕްރޮގްރާމް ފޯރ ސީނިއަރ އެގްޒެކެޓިވްކޯހުގައި އޭސީސީއިން ބައިވެރިވެއްޖެ

09 Jan 2018

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ސްކީމްގެ ދަށުން ކުރިއަށް ގެންދާ ޖެނެރަލް މެނޭޖްމަންޓް ޕްރޮގްރާމް ފޯރ ސީނިއަރ އެގްޒެކެޓިވް ކޯހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. އިންޑިއާގެ ހައިދްރާބާދުގައި 08 ޖަނަވަރީ 2018 ން 02 ފެބުރުވަރީ 2018 ގެ ނިޔަލަށް ކުރިޔަށްދާ މި ކޯހުގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން، އަލްފާޟިލާ ރިފާތު ޢަލީއެވެ.

މި ކޯހަކީ މެނޭޖްމަންޓްދައިރާއިން މުވައްޒަފުން ތަމްރީނުކޮށް، ހިންގުމުގެ ހުނަރާއި މަޤާމުގެ ޒިންމާ އެންމެ އެކަށީގެންވާގޮތަށް އަދާކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިއާގެ ސަރުކާރުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×