އޭސީސީއިން 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 511 މައްސަލަ ނިންމައިފި

23 Jan 2018

2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި،  އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަނީ 511 މައްސަލަ ބަލާ ނިންމާފައެވެ.

މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 98% އިތުރު އަދަދެކެވެ. 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 258 މައްސަލައެވެ.

ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 2 މައްސަލައެއް 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާރިއު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްއެދި  ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 7 މައްސަލައެކެވެ.

2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 511 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 509 މައްސަލައެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 251 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން، 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 71 އިދާރާއަކަށް، އިޞްލާހުކުރުމަށް 108 އެންގުމެއް އަންގާފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިޞްލާހުކުރުމަށް އެންގިފައިވަނީ 111 އެންގުމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×