‘މައިލްސް ފޯ ސްމައިލްސް ރަން’ ހަރަކާތުގައި އޭސީސީން ބައިވެރިވެއްޖެ

24 Jan 2018

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އިން ރާވައިގެން ޖެނުއަރީ 19 އިން 20 އަށް ކުރިޔަށް ގެންދިޔަ ‘ޗެރިޓީ-ރަން’ ހަރަކާތުގައި އޭސީސީގެ ފަރާތުން ބައިވެރި ވެއްޖެއެވެ.

މައިލްސް ފޯ ސްމައިލްސް ރަންގެ ޙަރަކާތުގައި އޭސީސީގެ ފަރާތުން ތައްޔާރު ކުރި ސްޓޯލްގައި ކުޑަކުދީންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ 19 ޖެނުއަރީ 2018 ދުވަހުގެ ހަވީރުއެވެ. އަދި އޭސީސީ ގެ މުވައްޒަފުންވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެރިޓީ ރަންގައިވެސް ޢަމަލީގޮތުން ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×