2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 8 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

06 Feb 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކާ ގުޅިގެން، 2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި 8 ދަޢުވާއެއް ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ދަޢުވާކޮށްދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވަނީ ޖުމްލަ 12 މައްސަލައެވެ. މީގެތެރެއިން 2 މައްސަލައަކީ 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ފޮނުވުނު މައްސަލައެވެ. މި 2 މައްސަލާގައި ޖުމްލަ 8 ދަޢުވާ ހިމެނޭއިރު، އެ 8 ދަޢުވާއަކީވެސް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއެވެ. އަދި މި މައްސަލަތަކުގައި ޝާމިލްވަނީ ހުސް ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، މި މައްސަލަތަކުގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާކަން ފާހަގަކުރެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×