2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 45,374,423.00 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި

06 Feb 2018

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި، ޖުމްލަ 45,374,423.00 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 1,389,474,967.56 ރުފިޔާ އެވެ. އޭގެތެރެއިން 45,374,423.00 އަކީ 2017 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެންގި ފައިސާއެވެ.

މި ފައިސާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމި 6 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. މިގޮތުން، 17,857,979.10 ރުފިޔާއަކީ ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 1 މައްސަލާގައި ހިމެނޭ ފައިސާގެ އަދަދެވެ. އަދި 27,516,443.9 ރުފިޔާއަކީ އެކަށީގެންވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން، ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާ 5 މައްސަލައެއްގައި ހިމެނޭ ފައިސާގެ އަދަދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×