ސިވިލްސަރވިސް މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމްގައި އޭސީސީން މަޢުލޫމާތު ދީފި

10 Feb 2018

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލްސަރވިސް މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގަރާމްގައި އެންޓި-ކޮރަޕްޝަނާއި ނަޒާހަތްތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސް ފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 8 ފެބުރުވަރީ 2018، ބުރާސްފަތި ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މާނައާއި މުހިއްމުކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތާއި، ކޮރަޕްޝަޕްޝަން ގެ ޢާއްމު މާނައާއި ކޮރަޕްޝަންގެ ކުށްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ރޭވިފައިވާ ނިޒާމް އަދި ކޮރަޕްޝަން ހުއްޓުމާއި ވިޔަ ނުދިނުމުގެ މައްޗަށް މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ 10 އިދާރާއަކުން ޖުމްލަ 47 މުއައްޒަފުން ބައިވެރިވިއެވެ. މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×