ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ‘ނަޒާހަތްތެރި ދަރިވަރުން’ ޕްރޮގްރާމެއް ހިންގަނީ

13 Feb 2018

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މަތީ ޘާނަވީ ފެންވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން’ ޕްރޮގްރާމް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި ފެށިގެން ކުރިއަށް އެބަ ގެންދެވެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދެވެނީ މިމަހުގެ 11 އިން 14 ގެ ނިޔަލަށް ތަފާތު ސެޝަންތަކަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގެނުމުގައި ނަޒާހަތްތެރިވުމާއި، ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ހޯލުގައި، ޖުމްލަ 265 ކުދިންނަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×