ތާޖުއްދީން ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

20 Feb 2018

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް ތާޖުއްދީން ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދެވުނީ 15 ފެބުރުވަރީ 2018ގައި، ސްކޫލްގެ މުދައްރިސުން ދެ ގްރޫޕަކަށް ބަހާލައިގެން، 2 ސެޝަންގެ ގޮތުގައެވެ. މި ޕްރޮގްރާމްގައި މުދައްރިސިންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސްގެ އަދި ސްކޫލްގެ ދައުރާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެއެވެ.

ތާޖުއްދީން ސްކޫލްގެ ޖުމްލަ 108 މުދައްރިސުންނަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×