ޕްރޮކިއުއަރމަންޓާގުޅޭ ޓީއޯޓީ ޕްރޮގްރާމެއް އޭސީސީގެ މުވައްޒަފުންނަށް ހިންގަނީ

21 Feb 2018

ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ދައުލަތުގެ ޕްރޮކިއުމަންޓާގުޅޭ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި އޭސީސީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމުތައް ހިންގާނެ ޓްރެއިނަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން އޭސީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްދާ ޓީއޯޓީ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެވެނީ މިހާރު ޢަމަލުކުރަމުންދާ މާލިއްޔަތާބެހޭ ގަވާއިދުގައި ހިމެނޭ ޕްރޮކިއުމަންޓާބެހޭ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަކަށް އަހުލުވެރިވެ އެފަދަ ޕްރޮގްރާމުތައް ހިންގާނެ ގޮތްތަކާހެބޭ ގޮތުންނެވެ. 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމުގައި އޭސީސީގެ 31 މުވައްޒަފުން ބައިވެރިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×